-8402fff9.png)
މިރާޝް މޫސާ

އަމީނީމަގުގައި ތާރުއަޅާ އެއްކޮށް ނިންމާލާފައި --- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ
އަމީނީމަގުގައި މިހާރު ތާރު އަޅަމުންދާ ބައިގެ މުހިއްމު ދެ ކަންމައްޗެއް މާދަމާ ހުޅުވާލަން ހަމަޖެހިއްޖެއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިރޭ އެކްސްގައި ބުނީ މާދަމާ ހެނދުނު 06:00 އިން ފެށިގެން އަމީނީ މަގާއި، އިއްޒުއްދީން މަގާ ގުޅޭ ކަންމަތި އަދި، ކަނބާއައިސާ ރަނި ހިނގުމާ ގުޅޭ ކަންމަތި އާންމު ޓްރެފިކަށް ހުޅުވާލާނެ ކަމަށެވެ.
މިހާރު އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، މިނިސްޓްރީން ބުނީ މިހާރު ތަރައްގީ ކުރަމުންދާ ސެގްމެންޓް 12، 13 އަންނަ ހޮނިހިރަށް އެއްކޮށް ހުޅުވާލެވޭނެ ކަމަށެވެ. އެއާއެކު މުޅި އަމީނީމަގުގައި ތާރުއަޅައި، ނިންމާލެވޭނެއެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި ތިނެއްގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ.
ޖުމްލަ 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްދާ އެ މަސައްކަތް މި ސަރުކާރު ފެށުނު އިރު އޮތީ ފަހު ދެ ސެގްމެންޓާ ހަމައިން ހުއްޓިފައެވެ. އެއަށްފަހު އެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން