-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ގއ. ވިލިނގިލި ---
ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މެއި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ބަންދުގައި ހުރި މީހާ ފިލާފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ދަނޑިވަޅެއްގައެވެ.
ނަމަވެސް، ފިލިތާ މާގިނަ އިރުތަކެއް ނުވަނީސް ފުލުހުން ކުރި މަސައްކަތުން އެމީހާ މިހާރު ވަނީ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެމީހާ ފެނުނު ވަގުތާއި އޭނާ ހޯދި ތަނުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން