-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

ގަވައިދާ ހިލާފަށް ބިދޭސީން ހިންގަމުން ދިޔަ ތަނެއްތޯ ބަލައިފާސްކުރަނީ -- ފޮޓޯ: އިމިގްރޭޝަން
ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރާ ހަތަރު ތަނެއް އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އަދި އެ އޮޕަރޭޝަނުގައި މާލޭގައި ހިންގަމުންދިޔަ ހަތަރު ތަނެއް އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން، އެ އޮޕަރޭޝަނުގައި އެ ތަންތަން ބަލައިފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމާށްވެސް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ދެނެގަތުމަށްޓަކައި އެކި ފަހަރު މަތިން އިމިގްރޭޝަނުން ކުރިއަށް ގެންދާ މި ފަދަ އޮޕަރޭޝަން ތަކުގައި މާލޭގެ ގިނަ އަދަދެއްގެ ތަންތަން ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަމުންދާކަން ފާހަގަކުރެވެއެވެ.

11 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން

4 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން