-8402fff9.png)
އައިޝަތު ހިދާޔާ

ސްކޭމްގެ މައްސަލައެއްގައި އުމުރުން 54 އަހަރުގެ އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަނީ މ. ގޯނބިލިގަސްދަށުގެ ސަލީމާ ސަލީމެވެ. ފުލުހުން ބުނީ އޭނާ ހޯދަނީ އެންޓި ސްކޭމް ސެމްޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ.
އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހު 10:00އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އޭނާ ތަހުގީގަށް ހަޒިރުވުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
މީގެކުރިން 2024ވަނަ އަހަރު ވެސް އެހެން މައްސަލައެއްގެ ތަހުގީގަށް އޭނާ ހޯދަން ބޭނުންވެގެން ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެއީ, ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރި، މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ.
އޭރު ވެސް ފުލުހުން ބުނީ, އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ތަހުގީގަށް ހާޒިރުވުމަށް އިއުލާނުކުރީއެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

17 ދުވަސް ކުރިން

19 ދުވަސް ކުރިން

23 ދުވަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން