-8402fff9.png)
އައިޝަތު ހިދާޔާ

ލޯބިވާކަމަށްބުނެ ވާހަކަ ދައްކައި, އިތުބާރު ހޯދައިގެން ސްކޭމްކުރާ "ރޮމޭންސް ސްކޭމަރުންނަށް" ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ލޯބިވާކަމަށް ބުނެ މީހުންގެ އިތުބާރު ހޯދަން މިފަދަ ސްކޭމަރުން އެތައް ދުވަހެއް ވަންދެއް ވާހަކަ ދައްކާނެކަމަށެވެ. އަދި ފޮޓޯ ވެސް ފޮނުވާނެކަމަށާއި ގުޅައިގެން ވެސް ވާހަކަ ދައްކާނެކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިފަދަ މީހުން ލާރި ދިނުމަށް އެދޭނީ މި އިތުބާރު ހޯދުމަށް ފަހުކަމަށެވެ.
މިފަދަ ސްކޭމަރުން, މީހުންގެ އިތުބާރު ޯދަން މިހާރު އޭއާއި ބޭނުންކޮށްގެން ވެސް ފޮޓޯއާއި ވޮއިސް މެސެޖު ތައްޔާރުކުރާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ސޯޝަލް މީޑިއާއިން ދިމާވާ މީހުންނާ ވާހަކަދެއްކުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ މީހުންނާ ވާހަކަދައްކާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން:
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެންމެ ގިނައިން ރިޕޯޓުކުރަނީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތަކެވެ. މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ވެސް މީގެކުރިން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

9 ދުވަސް ކުރިން

17 ދުވަސް ކުރިން

19 ދުވަސް ކުރިން

23 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން