-8402fff9.png)

ޢާލިމް އަބްދުއްލަތީފް
-d1316905.jpg)
މިދިޔަ އޭޕްރީލް މަހު ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ގދ. ތިނަދޫ، ތީންމުތީ، އުމުރުން 31 އަހަރުގެ ޒާހިޔާ ނިޔާޒުއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ އޭޕްރީލް 27 ވަނަ ދުވަހުގެ 15:47 ހާއިރު، ތިނަދޫ ހުކުރު މިސްކިތް ކައިރީގައެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ޒާހިޔާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޒާހިޔާއަށް ފުރަތަމަ ފަރުވާ ދިނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ. އޭގެފަހުން ހާލު ސީރިއަސްވެ އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނެވެ.
ޒާހިޔާ ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މާލެ އައިފަހުން ހާލަތު އިތުރަށް ގޯސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ޒާހިޔާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-29b48774.png)
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-d77c6edb.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން