-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މާލެ ކައިރީގައި ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ، އޭގައި ތިބި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އެހެން ލޯންޗެއް ޖެހިގެންނެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، މި ލޯންޗް ދަތުރު ކުރަމުން ދިޔައީ ވިލިގިލިން ގިރިލަންކަންފުއްޓަށް ދިއުމަށެވެ. ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، ލޯންޗް ވިލިގިއްޔާ ވަރަށް ކައިރީގައި އޮއްވައެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަނީ އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި އެކްސިޑެންޓްގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް އެކިވަރުގެ ބޮޑެތި ހާނިކަތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މި ދެ މީހުން މިހާރު ވަނީ މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.
އެމްއެންޑީއެފުން ވަނީ ހާދިސާގައި ގެއްލުންވި ލޯންޗުގެ ފޮޓޯތައް ވެސް އާންމުކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ލޯންޗުގެ ކުރީބައި އޮތީ ވަރަށް ބޮޑަށް ހަލާކުވެ، ފުނޑުފުނޑުވެފައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އެމްއެންޑީއެފުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
-20600e4e.jpg)
24 ދުވަސް ކުރިން

27 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-f102ecee.png)
2 މަސް ކުރިން

2 މަސް ކުރިން