-8402fff9.png)
މިރާޝް މޫސާ
-d60fd8ca.jpg)
ސައުދީ އަރަބިޔާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން ދިވެހިރާއްޖޭގެ ދިފާއީ އަދި ގައުމީ ޚިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދާ މިއަދު ބައްދަލުކުރައްވައި، ދޭދޭ ގުޅުންތަކާއި ސަރަޙައްދީ ސަލާމަތާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މުހިންމު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. މިގޮތުން، ދިފާއީ އަދި އަސްކަރީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ މެދު ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ދިފާޢީ ޤާބިލުކަން އިތުރުކުރުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފުޅާކޮށް ފާހަގަކުރެއްވިއެވެ.
ދިފާއީ ވަޒީރު ހަސަން ރަޝީދާއެކު ކުރެއްވި މި މަޝްވަރާތަކުގައި، ސަރަޙައްދީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި، އޭގެ ސަބަބުން ސަރަޙައްދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ދެފަރާތުންވެސް ވަނީ އަލިއަޅުވާލައްވާފައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ސުލްޙަވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާމެދު ދެފަރާތުން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގެ އެންމެ ފަހު ބައިގައި ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވަނީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށެވެ. ކަނޑުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ގުޅިގެން ކުރެވޭ އެހެނިހެން މަސައްކަތްތަކުގެ އިތުރުން، ސަރަޙައްދަކީ އަމާން އަދި ހަމަޖެހޭ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކަކީ ސަރަޙައްދީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޚާލިދު ވަނީ ސިފަކުރައްވާފައެވެ.
-20600e4e.jpg)
24 ދުވަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން
-9b3612b6.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން