-8402fff9.png)
ސައިފުﷲ އަލީ

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، އަލަށް ގެދޮރު ގަތުމަށާއި އިމާރާތް ކުރުމަށް ދޫކުރާ ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށް 750 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަމިއްލަ ބިން އޮތް ނަމަވެސް އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ގިނަ ރައްޔިތުންތަކެއް ތިބިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން 750 މިލިއަން ރުފިޔާ ހާއްސަކުރެވޭނީ މި ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ރަށްރަށުގައިވާ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނުއްވާފައެވެ. މިއީ ދިރިއުޅުމަށް ފަހި ވެއްޓެއް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވޭ ކަމެކެވެ.
ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދިނުމަށްޓަކައި، ކޮންމެ ކުއްޖަކަށް ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަގުސަދު ހާސިލުކުރުމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުމުގެ އިތުރުން، ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން
-2e33d5a7.jpeg)
3 މަސް ކުރިން
3 މަސް ކުރިން