-8402fff9.png)
ސައިފުﷲ އަލީ

ނަފްސާނީ ފަރުވާއަށް ޚާއްސަ 50 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވަނީ އެކަމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާންޖެހޭނެކަމަށެވެ. އަދި ބިޑުގައި ބައިވެރިވެވޭނީ 1500ރ ނުވަތަ 100 ޑޮލަރު އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 864،00.00ރ ދައްކަންޖެހެއެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 25 ވަނަ ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލް އަޅަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށެވެ.
އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާދޭން ފެށިފަހުން 1 ޖެނުއަރީން ފެށިގެން ވަރަށް ގިނަ ފަރާތްތަކަށް ޚިދުމަތް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖެނުއަރީ އެކަކުން އެޕްރީލް މަހުގެ 23 އަށް 10،954 މީހަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކިއެކި އަތޮޅުތަކުގައިވެސް މިކަމާ ގުޅޭ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން
-2e33d5a7.jpeg)
3 މަސް ކުރިން