-8402fff9.png)
ފާތިމަތު މިޝްކާ
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އާއި ޗައިނާ ހާބަރިން އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.
މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރ 2027 އަށެވެ. މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއެކު މިހާރު މާލޭގައި ހުރި ވިޔަފާރި ބަނދަރު ސަރަހައްދު ތޮއްޖެހުން ހައްލު ކުރެވިގެންދާނެ އެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ކުރިއަށް ތިލަފުށީގައި ނިންމަން ޖެހޭ މަސައްކަތްތައް ވެސް ސަރުކާރުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

4 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން
5 މަސް ކުރިން
-9a4ee2ee.jpg)
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން