-8402fff9.png)
އައިޝަތު ހިދާޔާ

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އެތެރެކުރި ޕެރިޝަބަލް ނުވަތަ އަވަހަށް ހަލާކުވާ މުދަލަކީ ބިހާއި ފިޔާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ޖުލައި މަހު 166,110 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. އޭގެތެރޭގައި އަވަހަށް ހަލާކުވާ މުދާލުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބިހާއި ފިޔައެވެ.
މިދިޔަ މަހު 70,117 ޕެކޭޖުގެ ބިސް އެތެރެކޮށްފައި ވާއިރު, 56,729 ޕެކޭޖު ފިޔާ އެތެރެކޮށްފައި ވެއެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އެތެރެކުރި އިތުރު ޕެރިޝަބަލް މުދަލަކީ:
މި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުން 17 ކޮންވެންޝަނަލް ކާގޯ އުޅަނދު ޚިދުމަތް ހޯދާފައިވެއެވެ. އަދި 14 ކޮންޓެއިނާ އުޅަނދު ޚިދުމަތް ހޯދާފައި ވެއެވެ. ކްލިއާ ކުރެވުނު މުދަލުގެ ތެރޭގައި 7,694 އަންލޯޑެޑް ޓީއީޔޫ އާއި 7,229 ލޯޑެޑް ޓީއީޔޫ ހިމެނެއެވެ.
އެމްޕީއެލްއިން ބުނީ މި ތަފާސްހިސާބުތަކުން ހާމަވަނީ އަސާސީ ބޭނުންތަކަށް ތަކެތި ފޯރުކޮށްދިނުމުގައި އެ އިދާރާއިން ދޭ އަހަންމިއްޔަތުކަމާއި އަދާކުރާ އިސް ދައުރުކަމަށެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
4 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން