-8402fff9.png)
ސައިފުﷲ އަލީ
-7df888c0.jpeg)
އޮޅުވެލިފުށީ ކައުންސިލް ކޮޕާ ރޭމަންސް 2026 ގެ ހަތަރު ވަނަ މެޗުގައި އިއްޔެ އޮޅު ސިޓީ ފްލަޔާސް އެފްސީ އާއި ޖަންކީސް ޔުނައިޓެޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުސައިން ފައިސަލް (ފައިޓޯ) އެވެ. އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް 3 ގޯލު ކާމިޔާބުކޮށް، ގޯލު ލިސްޓުގެ އެއްވަނަ މަގާމު ހޯދާފައެވެ.
މި މުބާރާތުގައި މީގެ ކުރިން މޮނާކީ އެފްސީ އާއި ޖަންކީސް ޔުނައިޓެޑް ކުޅުނު މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި މިއަދު ބައްދަލުކުރާނީ ބީޖޭ ސިޓީ އާއި މޮނާކީ އެފްސީއެވެ.
މި މުބާރާތުގައި ވާދަކުރާ ބީޖޭ ސިޓީއަކީ ކޮޕާ ރޭމަންސްގައި މެދުކެނޑުމެއްނެތި ބައިވެރިވަމުން އަންނަ ޓީމެކެވެ. އެ ޓީމުން ވަނީ 2018، 2019 އަދި 2023 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ.
އޮޅު ސިޓީ ފްލަޔާސްއަކީ 2017 އަދި 2022 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. މުބާރާތުގެ ހުރިހާ މެޗެއް ކައުންސިލް ސުޕޯޓްސް ކުލަބުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.