-8402fff9.png)

އާމިނަތު ޒާނާ ޝައުކަތު ސައީދު

އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް މާލޭގެ މޭޔަރު ބައްލަވާލެއްވަނީ--ފޮޓޯ: މާލެ ސިޓީ ކައުންސިލް
ގިނަ ދުވަސްތަކެއް ވަންދެން ސާފުނުކޮށް ހުރުމުގެ ސަބަބުން މާލޭ އިންޑަސްޓްރިއެލް ވިލެޖުގައި ގިނަވެފައިވާ ކުނިތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ.
މިއަދު ހެނދުނު ފެށި އެ މަސައްކަތުގައި ސިޓީ ކައުންސިލުގެ އިތުރުން ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ފުލުހުންނާއި، ވެމްކޯއާއި، އެމްޕީއެލް ބައިވެރިވެފައިވެއެވެ.
މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމައްޓަކައި ސިޓީ ކައުންސިލުގެ މޭޔާރު އާދަމް އާޒިމް ވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެންފައެވެ.
ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގައި ބާ ވެހިކަލްތަކާއި ގިނަ ކުނިތައް ހުރި ކަމަށެވެ. އެހެންކަމުން އެތަން ސާފުކޮށް ނިމޭނެ ދުވަހެއް ސީދާ ލަފާކުރާކުރާކަށް ނޭނގޭނެކަމަށް ވެސް ވިދާޅުވިއެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި މާލެ ތެރޭގައި ހުރި ގަރާޖް އަދި ގުދަން ފަދަ ތަންތަން ހެދުމަށްޓަކައި ހާއްސަ ކުރެވުމު ބިމެކެވެ. ނަމަވެސް މިހާރު އެ ވިލެޖްގެ ބޮޑުބައި ބޭނުންކުރަމުންދަނީ ތިލަމާލެ ބްރިޖްގެ މަސައްކަތަށެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން