-8402fff9.png)
މިރާޝް މޫސާ

ތައިލޭންޑް -- އިވާން ކްރައުސް/ އަންސްޕްލޭޝް
މި މަހުގެ 15 އިން ފެށިގެން، ދިވެހީންނަށް ވިސާ ނެގުމަކާ ނުލައި 60 ދުވަހު ތައިލޭންޑުގައި ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، ޗުއްޓީ ހޭދަކުރުމަށާއި، ބޭސްފަރުވާ ހޯދުމަށް އަދި ވިޔަފާރީގެ ބޭނުންތަކަށް ތައިލޭންޑަށް ދަތުރުކުރާ ދިވެހީންނަށް މި ލުއި ލިބިގެންދާނެ ކަމަށެވެ. އަދި 60 ދުވަހުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް، ތައިލޭންޑުގެ އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުމުން އިތުރު 30 ދުވަހަށް މުއްދަތު އިތުރުކޮށްދިނުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.
ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ފަހަކަށް އައިސް ގިނަ ޤައުމުތަކުން ވަނީ ދިވެހީންނަށް އެ ޤައުމުތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މިއީ ދިވެހިރާއްޖޭގެ ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި ބެލެވެއެވެ.
ފޮރިން މިނިސްޓްރީން ވަނީ ދިވެހި ދަތުރުވެރިންނަށް ބައެއް މުހިންމު އިރުޝާދުތައް ދީފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޓްރެވަލް އިންޝުއަރެންސް ހޯދުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ބޭރު ޤައުމުތަކުގައި އުޅޭއިރު އެ ޤައުމުތަކުގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން

3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން