-8402fff9.png)
ޢާއިޝަތު ޖަނާ ޝަރީފް

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކޮމްޕިއުޓަރު ސިސްޓަމުތަކަކާއި، ލެޕްޓޮޕްތަކެއް މިއަދު ހަދިޔާ ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޕާކިސްތާނުން އެ މިނިސްޓްރީއަށް 10 ކޮމްޕިއުޓަރު ސިސްޓަމަކާއި ހަތް ލެޕްޓޮޕް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
މި ސާމާނު ހަދިޔާ ކުރަން މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ.
އަދި މިނިސްޓްރީގެ ފަރާތުން ސާމާނާ ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއްކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމިއޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝަހީމް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަނީ ޕާކިސްތާނުގެ ފަރާތުން ދިވެހިރާއްޖެއަށް، އަދި ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަފީރަށް ޝުކުރު ދަންނަވައިފައެެވެ.
-709fea65.jpeg)
29 ދުވަސް ކުރިން
29 ދުވަސް ކުރިން

29 ދުވަސް ކުރިން
-bc4f0bc5.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން