-8402fff9.png)
ސައިފުﷲ އަލީ

މާލެ، ވިލިމާލެ މަގުތައް ހެދުމުގެ ފީސިބިލިޓީ އެއްބަސްވުމުގައި ސޮއިކުރުން ---ަ
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައި މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސިޑްކާގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ޗެއާމަން ލުއޯ ޖާއޮހުއިއެވެ.
މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެވުނީ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިވަގުތު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅެއްގައެވެ. މިނިސްޓަރ ޒަމީރު ސިޑްކާގެ ޗެއާމަނާ ބައްދަލުކުރައްވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރެވުނެވެ.
މިނިސްޓަރު ޒަމީރު އޭނާގެ ވާހަކަފުޅުގައި ރާއްޖެއާއި ސިޑްކާއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސިޑްކާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސިޑްކާއާއެކު ގުޅުން އިތުރަށް ބަދަހިކުރެވޭނެ އައު ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ދެފަރާތުން ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޤްތިޞާދީ ކުރިއެރުމަށް މަޝްރޫޢުތައް ތަންފީޒުކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، ސިޑްކާއާއެކު ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަޤުބަލުގައި ދެ ޤައުމަށް ފައިދާހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެ ފަރާތުން ދެއްވިއެވެ.
ފޮރިން މިނިސްޓަރުގެ އަރިހުގައި، އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ އިތުރުން، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު ޒަމީރު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅު ނިންމަވާލައްވައި މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

13 ދުވަސް ކުރިން
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން