-8402fff9.png)
ފާތިމަތު މިޝްކާ
ޕާކުތައް ހުޅުވުމުގެ ތެރެއިން / ފޮޓޯ: އިންފްރާސްޓްރަކްޗަރ މިނިސްޓްރީ
ނ އަތޮޅުގެ ތިން ރަށްެއްގައި ކުޑަކުދިންގެ ޕާކުތައް ހުޅުވައިފި އެވެ.
މި ޕާކުތައް ހުޅުވާފައިވަނީ ނ. ކެނދިކުޅުދޫ، ހެނބަދޫ އަދި ވެލިދޫގަ އެވެ.
މިއީ ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ތެރެއިން ހުޅުވި ޕާކުތަކެކެވެ.
ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)، އާރްޑީސީ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ އިތުރުން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗްގައި 14 ރަށުގައި ޕާކުތައް ތަރައްގީކުރާއިރު ދެވަނަ ބެޗްގައި 32 ރަށެއްގައި ޕާކުތައް ތަރައްގީކުރާނެ އެވެ.

4 މަސް ކުރިން

5 މަސް ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން