-8402fff9.png)
ސައިފުﷲ އަލީ
-3dbe7788.jpg)
މާލެ ސަރަހައްދުގެ މަގުތަކަކީ އާންމުންނާއި ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ބަރު އުޅަނދުފަހަރާއި މުދާ އުފުލާ އުޅަނދުތައް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ދުއްވުން މަނާ ގަޑިތައް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.
ވުޒާރާއިން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން ހެނދުނު 6:00 އިން 8:30 އަށް 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ. މީގެ ތެރޭގައި ފޯކްލިފްޓާއި ޓްރަކާއި ކްރޭން އަދި ޓްރެއިލާ ފަދަ އުޅަނދުތައް ހިމެނެއެވެ.
އެ ގަޑިތަކުގައި ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ހުޅުމާލޭގެ މަގުތަކުގެ އިތުރުން ބުރިޖު ހައިވޭގައި އެފަދަ އުޅަނދުތައް ދުއްވުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ މަގުތަކާއި ބުރިޖު ހައިވޭގައި އެފަދަ އުޅަނދުތައް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސްކޫލު އޮންނަ ދުވަސްތަކުގައި ސްކޫލުތައް އާންމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލުތަކުގެ ސަރަހައްދުތަކުގައި އެފަދަ އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށެވެ. ޚާއްޞަކޮށް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މަގުތަކުގައި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަކީ މި ނިންމުމުގެ މުހިންމު ބޭނުމެކެވެ.

2 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
-0f281ac4.jpg)
6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން