-8402fff9.png)

ޢާލިމް އަބްދުއްލަތީފް

އަންނަ ސެޕްޓެމްބަރު މަހު ފަށާ އޭލެވެލްގެ ދިރާސީ އާ އަހަރާއެކު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ސަރުކާރުގެ ހިލޭ އެހީގައި ކިޔެވޭނެއެވެ.
ސީއެޗްއެސްއީގެ ދަރިވަރުންނެކޭ އެއްގޮތަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 ކިޔަވާ ދަރިވަރުންގެ ފީ ހަމަޖައްސަވާނީ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ސަރުކާރުގެ ދެ ސްކޫލެއްގައި އޭލެވެލްއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އެއީ ހުޅުމާލޭ ސީއެޗްއެސްއީއާއި މާލެ ސީއެޗްއެސްއީއެވެ. މި ފުރުސަތާއެކު، ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ސްކޫލްތަކުގެ ދަރިވަރުންނަށް ފީ ދައްކާނީ، ސަރުކާރުގެ އޭލެވެލް ސްކޫލަކަށް އެޕްލައިކޮށް ޖާގަ ނުލިބިގެން މިނިސްޓްރީގެ ފަރާތުން އެފަދަ ސްކޫލަކަށް ފޮނުވާ ދަރިވަރުންނަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
"ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު ފީ ލިބެމުންދާ ދަރިވަރުންނަށް އެ ދަރިވަރުން ގްރޭޑް 12 ނިމެންދެން މިނިސްޓްރީގެ ފަރާތުން ފީ ދައްކަމުންގެންދާނެއެވެ.," މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ.
ކަން މިހެން އޮތް ނަމަވެސް, މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވައިފައިވަނީ މާލޭ ކޮމިއުނިޓީ ސްކޫލްތަކަށް ނުވަތަ އަވަށު ސްކޫލްތަކަށް ފީ ލިބެމުންދާ އުސޫލުން ފީ ލިބޭނެކަމަށެވެ.
އަހްމަދިއްޔާ ސްކޫލަކީ އަވަށު ސްކޫލަކަށް ވާތީ, ޖާގަ ނުލިބިގެން ނޫން ގޮތަކަށް އަމިއްލަ އިހްތިޔާރުގައި އެ ސްކޫލަށް ދާން ބޭނުންވާ ދަރިވަރުންނަށް ވެސް ހިލޭ ކިޔެވޭނެއެވެ.
އަހްމަދިއްޔާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސްކޫލެވެ. އެ ސްކޫލުން ވަނީ އޯލެވެލްއާއި އޭލެވެލްގައި ވެސް ނަމޫނާ ކާމިޔާބީތަކެއް ހޯދައިފައެވެ.

10 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން