-8402fff9.png)
މިރާޝް މޫސާ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ޕީއެސްއެމް
އެފްއޭއެމްގެ ފައިސާއިން ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އަމީން ކޮންސްޓްރަކްޝަން ހިމެނޭހެން ޖުމްލަ ހަތަރު ފަރާތަކަށް ދައުވާކުރަން ފޮނުވައިފިއެވެ.
ބައްސާމާއި، އަމީން ކޮންސްޓްރަކްޝަންގެ އިތުރުން އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ އެފްއޭއެމްގެ ފައިނޭންސާ ހަވާލުވެ ހުރި މުހައްމަދު އަގީލް އަދި ހަސަން ވަހީދަށެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިން މައުލޫމާތުގައިވާ ގޮތުން އެ ދެ އެޕާޓްމެންޓް ގަތުމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހު އަމީން ކޮންސްޓްރްރަކްޝަން ސީދާ އެފްއޭއެމްގެ އެކައުންޓުން ޖަމާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އިތުރު ތިން ކުންފުންޏެއް މެދުވެރިކޮށް ޑޮލަރު މާރު ކުރުމަށް ފަހު، 385 ހާސް ރުފިޔާ އަދި 1.16 މިލިއަން އަމީން ކޮންސްޓްރަކްޝަންސް އަށް ޖަމާކޮށްފައިވެއެވެ.
ބައްސާމްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އެ ތަހުގީގުން ފާހަގަވި މައްސަލަތަކުގެ ތެރެއިން އެފްއޭއެމްގެ އެކައުުންޓުން ބައްސާމްގެ އެކައުންޓަށް 10،000 ޑޮލަރު ފޮނުވި މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވެއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން