-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ޕީއެސްއެމް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަނުގެ ފައިސާއިން ގަތް ކަމަށް ބުނާ އެޕާޓްމެންޓުތައް ފުލުހުންނާ ހަވާލު ކުރުމަށްއިތުރު މުއްދަތު ދިނުމަށް އޭނާ އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެޕާޓުމެންޓުތައް ހަވާލު ކުރުމަށް މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިފައިވަނީ އޭނާގެ ވަކީލުގެ ފަރާތުން ސިޓީއަކުން ކަމަށެވެ.
އެ ސިޓީގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދިނުމަށް އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މިހާރު އެ ސިޓީއަށް ޖަވާބެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮވިޑުގެ ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރުމަށް އެފްއޭއެމަށް ދިން ފައިސާ އިން ބައްސާމް، އަވީން އެވެނިއުއިން ދެ ފުލެޓު ގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާކުރަން ޕީޖީއަށް ފޮނުވައިފައިވެއެވެ.
މީގެ އިތުރުންވެސް އޭނާއާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން