-8402fff9.png)
ސައިފުﷲ އަލީ

އެމްއެންޑީއެފްގެ އެއާކޯ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ރައީސް އޮފީސް
ސިފައިންގެ ވައިގެ ކޯޕްސްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުުމަށް އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ވައިގެ މަރުކަޒުތަކުގެ ތެރެއިން، އައްޑު އަތޮޅު ގަމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަރުކަޒު އަންނަ މަހަށް، އަދި ށ. ފުނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ބޭސް އަންނަ އަހަރަށް ނިންމަން ރާވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް "ނުކުތާ"އަށް ވިދާޅުވީ ގަމުގައި ގާއިމުކުރާ މަރުކަޒުގެ ހުރިހާ ކުރެހުންތައް ނިންމާ، މިމަހުގެ ތެރޭ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި ފުނަދޫގައި ގާއިމުކުރާ މަރުކަޒުގެ މަސައްކަތް ގަމު މަރުކަޒު ނިމުމާއެކު، ފެށުމަށް ޕްލޭންކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުނަދޫ ވައިގެ މަރުކަޒުގެ ބިން ހަމަޖެހި، ކުރެހުންތައް ވެސް ފައިނަލްވެ، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ ރާއްޖޭގެ އުތުރާއި، ދެކުނުގައި ޔޫއޭވީ އޮޕަރޭޝަންތައް ފެށުމުން ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގެ ގާބިލްކަން މިހާރަށް ވުރެ އިތުރުވާނެ ކަމަށެވެ.
އެގޮތުން، އުތުރުން އޮޕަރޭޓުކޮށްގެން ދެކުނުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ދިއުމަށް މިހާރު ހޭދަވާ ވަގުތު ކުޑަވެ، ހާދިސާތަކަށް ރެސްޕޮންޑުވުމަށް ނަގާ ވަގުތާއި، އޮޕަރޭޝަންތައް ޕްލޭންކުރަން ވަގުތުން ބޭނުންވާ މައުލޫމާތުތައް ހޯދުން ވެސް އަވަސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖެ އޮންނަ ސަރަހައްދުގެ މުހިންމުކަމަށް ބަލައި ގިނަ ވައިގެ މަރުކަޒުތަކަކުން ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓެން ފެށުމުން މިސަރަހައްދުގެ ސެކިއުރީޓީ ބެލެހެއްޓުމަށް ދިވެހިރާއްޖޭއިން އަހައްމިއްޔަތުކަންދޭ މިންވަރާއި ކޮންޓްރިބިއުޓް ކުރާވަރު އިތުރުކުރެވޭތަން ފެނިގެންދާނެ" މުއާޒް ވިދާޅުވިއެވެ.
އެއާކޯގެ ޔޫއޭވީތައް މިހާރު އޮޕަރޭޓުކުރަމުންދަނީ މާފަރު އެއާޕޯޓުންނެވެ. ތުރުކީން ގެނަައި ތިން ޑްރޯނެއް މިހާރު އެއާކޯގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރެއެވެ.
-20600e4e.jpg)
24 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-d60fd8ca.jpg)
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން