-8402fff9.png)

މަރްޔަމް މަޢާޝާ އިލްޔާސް

ދުވަސްވީ އަންހެނެއްގެ ކޭޝްކާޑުން ވައްކަން ކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ---
ގއ. ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑަކުން ވަގަށް ފައިސާ ނެގި ދެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ދުވަސްވީ މީހާގެ ކާޑުން އެއަތޮޅު މާމެންދޫ އޭޓީއެމްއިން ފައިސާ ނެގި މައްސަލައެއް ރިޕޯޓްކުރީ ރޭ 20:13ގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކާޑު ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރުކޮށްފަިވަނީ މާމެންދޫއިން ވިލިނގިޔަށް ދަނިކޮށް ކަނޑުމަތިންނެވެ.
އެމީހުން ދަތުރުކުރި ލޯންޗުގެ ތެރެއިން ކޭޝްކާޑު ބޭނުންކޮށްގެން ވަގަށްނެގި ކަމަށް ބެލެވޭ 25000 ރުފިޔާގެ ތެރެއިން 23000 ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި، ލައިފް، މުހައްމަދު ޝައިން ޝަމީޒް،22އ އަދި ލ. ގަން، ތުނޑި ނޯތުހެވަން، ހަމްދޫން ހަލީލް،24އ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން