-8402fff9.png)

އެގްރިކަލްޗާ މިނިސްޓަރު ޑރ އާއިޝަތު ރަމީލާ
ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރު ޑރ އާއިޝަތު ރަމީލާ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާގެ އިސްތިއުފާ ގަބޫލުކުރައްވާ ރައީސް ޑރ މުހައްމަދު މުއިއްޒު ނެރުއްވި ނޫސްބަޔާނުގައި ވަނީ އާލާސްކަންފުޅާ އުޅުއްވަމުން ވެސް މިނިސްޓަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވެދެއްވި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
“ އާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.” ރައީސް ވިދާޅުވިއެވެ.
ޑރ. ރަމީލާ ކެންސަރަށް ފަރުވާ ހޯއްދަވާކަން އިއުލާނުކުރެއްވީ މަގާމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭރު ފަރުވާއަށް ވަޑައިގަންނަވަމުން އޭނާ ވިދާޅުވީ ކެންސަރު ޖެހިފައިވާ ކަން އެނގުނީ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށެވެ.
އޭގެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ފަރުވަާއިން އެނބުރި ވަޑައިގެން އޮފީހަށް ނުކުންނަވަން ފައްޓަވާފައެވެ. އޭގެ ފަހުން ޖޫން މަހު ވެސް ސާޖަރީއެއް ކުރެއްވި ކަން ހާމަ ކުރެއްވިއެވެ.

15 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-9ae31807.jpg)
4 މަސް ކުރިން