-8402fff9.png)

މަރްޔަމް މާޙީ

ހައުސިންގ މިނިސްޓަރު, ޑރ. ހައިދަރު
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީގެ ލިޔެކިޔުންތައް ރައްކާ ކުރެވިފައިވާ ސާވާ ސަލާމަތް ނުކުރެވޭނެ ކަމަށާއި, އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ވަނީ އަލިފާން ރޯވެފައެވެ. އެ އަލިފާނުގައި އެ މިނިސްޓްރީ ހިންގާ އިމާރާތް މުޅިން ވަނީ އަނދައިފައެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހައިދަރު ވިދާޅުވީ, ސާވާގައި އެ މިނިސްޓްރީގެ ވަރަށް ގިނަ މައުލޫމާތު ރައްކާ ކުރެވިފައި ވާނެކަމަށެވެ. އެގޮތުން, އެ މިނިސްޓްރީގެ މުވައްޒަފުންގެ ހުރިހާ މައުލޫމާތަކާއި, އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތުތަކާއި ޕްލޭންތައް ވެސް ހިމެނެއެވެ.
ހުކުރު ދުވަހު "މިހާރު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެސް މިނިސްޓަރު ހައިދަރު ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ސަލާމަތް ކުރެވުނީ މަދު ލިޔުންތަކެއް ކަމަށެވެ. އަދި މިނިސްޓްރީގެ ގިނަ ލިޔެކިޔުންތައް ރައްކާ ކުރެވިފައިވަނީ މިނިސްޓްރީގެ ސާވާގައި ކަމަށެވެ. ސާވާގައި ހުރި މައުލޫމާތު ރިކަވާކުރުމަށްޓަކައި ޑިސްކު ބޭރަށް ފޮނުވައިގެން އެނަލައިޒް ކުރަން ޖެހިދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ވުޒާރާއަށް ބަލާއިރު ހަމަ ގާތްގަނޑަކަށް ވުޒާރާގަ ހުރި ހުރިހާ ލިޔެކިޔުމަކާ ޑޭޓާ އަކާ އެއްކޮށް އެދިޔައީ. ހުރިހާ ލިޔެކިޔުމެއް ވެސް އަނދާ އެދިޔައީ. އެހެންވީމަ އެއީ ވަރަށް ބޮޑު ގެއްލުމެއް." ޕީއެސްއެމްއާ ވާހަކަ ދައްކަމުން ހައިދަރު ވިދާޅުވިއެވެ.

19 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން
26 ދުވަސް ކުރިން

26 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން