-8402fff9.png)
އަހްމަދު އިޒްމީމް

އޭދަފުށި ކުޅުންތެރިން އުފާ ފާޅުކުރަނީ —-
ނައިންޓީ ޕްލަސް ގޯލްޑްކަޕްގައި އޭދަފުށީގެ އަސްލު ސައިޒު ދައްކައިލައި ނައިފަރުގެ މައްޗަށް ކުރި ހޯދައި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ އެ މެޗު އޭދަފުށިން ކާމިޔާބުކުރީ 5-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
އެ މެޗަށް އޭދަފުށިން ނިކުތީ އެ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ތިން ކުޅުންތެރިންކަމަށްވާ ހަމްޒާ (ހަމްޕު) މުޙައްމަދާއި، މިޙައްމަދު ފާސިރުގެ އިތުރުން ހައިޝަމް ހަސަން(ބިޑި) އާއެކުއެވެ. މެޗުގެ ފުރަތަމަ 11 ގައި ފާސިރުގެ އިތުރުން ބިޑި ހިމެނިގެން ކުޅެން ނިކުތްނަމަވެސް ހަމްޕު ކުޅެން ނިކުތީ ބެންޗުންނެވެ.
އޭދަފުށިން ވަނީ މެޗުގެ ކުރީކޮޅު ގޯލެއްޖަހައި މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވި 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅުނަތީޖާ ހޯދި 12 ޓީމު ވަނީ ދެވަނަ ބުރަަށް ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ އެ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
-9410c75f.jpg)
4 މަސް ކުރިން

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން