-8402fff9.png)
މުހައްމަދު ހިޒްޔަމް

ގަމުން ޗެރިޓީ ޝީލްޑްގެ ތަށި އުފުލާލަނީ —- ފޮޓޯ/ އިމޭޖްސް
ގޯލްޑްން ފުޓްސަލް ޗެލެންޖު 2025 ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލ. ގަމުން އޭދަފުށި ބަލިކޮށް އެ ޝީލްޑް ދިފާއުކޮށްފިއެވެ.
ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު އެ މެޗު ގަމުން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތިތަކެއް ލިބި ބޭކާރުކޮށްލައިފައެވެ. ވަކިން ހާއްސަކޮށް އޭދަފުއްޓަށް ވަނީ މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
ރޭގެ މެޗަށް ނިކުތްއިރު ގަމުން 2023 ވަނަ އަހަރު ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ތަށި އުފުލާލި ކެޕްޓަން ހުސަން ޝަރީފް (އޮންލީ) އަދި ޓީމުގައި މުހިންމު ކުޅުމެއް ދެއްކި އަލީ ޝާމިސް (ތޮއްޕޭ) އަނިޔާގެ ސަބަބުން ކުޅުމުގައި ބައިވެރިނުވެއެވެ. އަދިި އޭދަފުށްޓަށް މިދިޔަ އަހަރު ގޯލްޑަން ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިން ކުޅިންތަރިންކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، ހައިޝަމް ހަސަން (ބިޑި) ވެސް ރޭގެ މެޗުގައި ނުކުޅެއެވެ. އެ ތިން ކުޅުންތެރިން ނުކުޅުނީ އެ ކުޅުންތެރިން ނިސްބަތްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އެ ކުޅުންތެރިންނަށް ރިލީޒް ނުދިނުމުންނެވެ.
ދެ ޓީމުންވެސް މުހިންމު ކުޅުންތެރިންތަކަކާ ނުލާ ކުޅުނު އެ މެޗުގައި ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފުގައި ޖެހީ އަބްދުﷲ ޖުނައިދު (ޖެންނޭ)އެވެ. އެ ގޯލަކީ އަހުމަދު ހަލީމް (އައްމަޑޭ) ދިން ބޯޅަ އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އެ މެޗުން މޮޅުވުމުން ގަމަށް ލިބުނު 25 ހާސް ރުފިޔާގެ ފައިސާގެ އިނާމު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. އަދި މުބާރާތް ބާއްވާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް 25،000 ރުފިޔާ ހަދިޔާކޮށްފައެވެ.
ގަމަކީ މިދިޔަ އަހަރު މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި ޓީމެވެ. އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން ތ. ތިމަރަފުށި ބަލިކޮށްގެންނެވެ. އެއާއެކު އެ ޓީމު ވެފައިވަނީ ގޯލްޑެންގެ ތާރީހުގައި މުބާރާތް ކާމިޔާބުކޮށް ޝީލްޑް އުފުލާލި ހަމައެކަނި ޓީމަށެވެ.
-9410c75f.jpg)
4 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން