-8402fff9.png)
-9410c75f.jpg)
މަރުވި މީހާގެ ހަށިގަނޑު ފަޅުތެރެއިން ނަގަނީ --- ފޮޓޯ: އީޓީ
ބ. އޭދަފުށީ ބަނދަރު މޫދު ތެރެއިން މިއަދު ހެނދުނު މަރުވެފައި އޮއްވާ މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އެރަށު ސީސަންގެ، އުމުރުން 82 އަހަރުގެ އަލީ އަބްދުﷲ އެވެ.
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 07:55 އެހާކަންހާއިރު އެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، އޭނާ ފެނުނު އިރުވެސް އޮތީ ނިޔާވެފަ އެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މަރުވެފައި އޮއްވާ ފެނުނު އަލީ އަބްދުﷲގެ ހަށިގަނޑު މޫދުން ނެގުމަށްފަހު، އޭނާގެ މަރާ ގުޅިގެން ހަދަންޖެހޭ އިތުރު ޓެސްޓުތައް ހެދުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ހަށިގަނޑު ރ. އުނގޫފާރަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ހަށިގަނޑު ގެންދިއުމަށްފަހު، މަރުވި ސަބަބު ދެނެގަތުމަށް ބޭނުންވާ މެޑިކަލް ތަހުލީލުތައް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިއީ ގުދުރަތީ މަރެއްކަން ނުވަތަ އެހެން ކަމެއް މެދުވެރިވެގެން ހިނގި ކަމެއްކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ތަހުގީގު ކުރިއަށްދާ ވަރަކަށް މައްސަލައިގެ އިތުރު މައުލޫމާތު ފުލުހުން ހާމަކުރަމުން ގެންދާނެ އެވެ.

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން