-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

ހަފުތާގެ ނުކުތާތައް ގެނެސްދޭން ނުކުތާއިން ޓިކްޓޮކް ލައިވްއެއް ގެނެސްދޭން ނިންމައިފިއެވެ.
ނުކުތާގެ ސީއީއޯ އާލިމް އަބްދުއްލަތީފް ވިދާޅުވީ ހަފުތާގެ ނުކުތާތައް ގެނެސްދޭން ނިންމީ ޒުވާނުންނާ ވީހާވެސް ބޮޑަށް އެންގޭޖްވުމުގެ ގޮތުން ކަމަށެވެ.
ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު ދުވަހުގެ ރޭ 10:30 ގައި މި ލައިވް ގެނެސްދޭނެ ކަމަށް އާލިމް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި އެކި މީހުންގެ އިންޓަވިއުތައް ވެސް ގެނެސްދޭން ވިސްނުން އެބަހުރި،" އާލިމް ވިދާޅުވިއެވެ.
ނުކުތާ އަކީ ޓިކްޓޮކްގައި ރާއްޖޭގެ އެންމެ ފޮލޯވަރުން ގިނަ މީޑިއާއެވެ. ނުކުތާގެ ފޮލޯވަރުންގެ އަދަދު 27،000އާ ކައިރި ކުރާއިރު ނުކުތާގެ ވީޑިއޯތައް ގިނަ ބަޔަކު ވަނީ ބަލައިފައެވެ.
ނުކުތާއަކީ ޒުވާން ނޫސްވެރިންތަކެއް އެކުވެގެން ޒަމާނީ ނޫސްވެރިކަމެއް ކުރުމުގެ މަގުސަދުގައި ހެދި ނޫހެކެވެ. މި ނޫހަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައެެވެ.

12 މަސް ކުރިން
ގާތްގަނޑަކަށް 1 އަހަރު ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން