-8402fff9.png)

މުހައްމަދު ޔަމީން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ބަހުސް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ނުކުތާ ހަމަޖައްސައިފިއެވެ.
ރޭ ފެށުނު ބަހުސް މުބާރާތުގެ މީޑިއާ ޕާަޓްނަރަކަށް ނުކުތާ ހަމަޖެއްސުމަށް އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ.
އެމްއެންޔޫއެސްޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔޫނިއަންގެ ނައިބު ރައީސް، އިލްމީ ނާބިތު އަހްމަދެވެ. ނުކުތާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާލިމްއަބްދުއްލަތީފެވެ
ރޭގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްްއެސްއެލް)އާއި އިސްލާމިކް ޔުނިވާސިޓީއެވެ. އެ މެޗު 746 ޕޮއިންޓާއެކު ކާމިޔާބުކުރީ އެފްއެސްއެލްއިންނެވެ. އައިޔޫއެމްއަށް ލިބުނީ 569 ޕޮއިންޓެވެ.
ދެވަނަ ބަހުސްގައި ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފްއެޗްއެސް)އާ ވާދަކޮށް ކާމިޔާބު ހޯދީ ސްކޫލް އޮފް މެޑިސިން (އެސްއެމް)އެވެ. އެސްއެމްއިން 884 ޕޮއިންޓް ހޯދިއިރު އެފްއެޗްއެސްއަށް ލިބުނީ 599 ޕޮއިންޓެވެ.
ތިންވަނަ ބަހުސްގައި ފެކަލްޓީ އޮފް އާޓްސް (އެފްއޭ) އާ ވާދަކޮށް ކުރި ހޯދީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ)އެވެ. އެފްއީއަށް 629 ޕޮއިންޓް ލިބުނުއިރުއެފްއޭއަށް ލިބުނީ 623 ޕޮއިންޓެވެ.
ހަތަރުވަނަ މެޗުގައި ވާދަކުރީ އެމްއެންޔޫބީއެސްއާއި އެފްއެޗްޓީއެސްއެވެ. އެމްއެންޔޫބީއެސްއަށް 612 ޕޮއިންޓް ލިބުނުއިރު އެފްްއެޗްޓީއެސްއަށް ލިބުނީ343 ޕޮއިންޓެވެ.

12 މަސް ކުރިން
ގާތްގަނޑަކަށް 1 އަހަރު ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން