-8402fff9.png)

މަރްޔަމް މާޙީ

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެެއް ފެންމަތިވެ, އެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިނިސްޓްރީން ބުނާ ގޮތުގައި މި ކަން ހިނގައިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގައިފައި ވަނީ އެ ސްކޫލުންނެވެ.
މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުންޏެވެ. އަދި މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރަން ފަހި ކޮށްދިނުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން