-8402fff9.png)

މަރްޔަމް މަޢާޝާ އިލްޔާސް

ރައްޔިތުންނަށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެސްޓީއޯ އާއި މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބެނުންވާ ބޭސް ފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ ދަތިތައް ހިއްސާކުރުމެވެ. އަދި މި ކަންކަމަށް އަވަސް ހައްލެއް ހޯދޭޭނެ ގޮތް ދެނެގަތުމެވެ.
މި ބައްދަލުވުމުގައި އެސްޓީއޯ، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން ޖޮއިންޓް ކޮމިޓީއެއް ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯގެ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެގޮތައް ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުން ހިމެނެއެވެ.
އެ ބައްދަލުވުމުގައި ބައެއް ކަންކަން ވަނީ ނިންމާއެވެ. އެއީ:
1- ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެސްޓީއޯ އާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުން.
2- އެސްޓީއޯ އިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުން.
-ffb3a233.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-962b03f1.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-ab0df1c3.png)
4 މަސް ކުރިން

5 މަސް ކުރިން