-8402fff9.png)
ފާތިމަތު މިޝްކާ
-ab0df1c3.png)
އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އާސަންދައިގެ ދަށުން އެ ހޮސްޕިޓަލަށް އަލަށް ބަލިމީހުން ފޮނުވުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ހާމަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދަނީ އަމްރިތާ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އާކުރުމުގެ މަސައްކަތެވެ. މިގޮތުން، އެ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކުގެ އަގުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މިވަގުތު ދަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް ނިމުމުން އަލުން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ. ނަމަވެސް އެއްބަސްވުން އާކޮށް، އަލުން ބަލިމީހުން ފޮނުވަން ފެށޭނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
އާ ބަލިމީހުން ފޮނުވުން މެދުކަނޑާލާފައިވީ ނަމަވެސް، މިހާރު ވެސް އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ދިވެހި ބަލިމީހުންނަށް އާސަންދައިގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން އާސަންދަ ކުންފުނިން ދީފައިވެއެވެ. އަމްރިތާ ހޮސްޕިޓަލަކީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދަމުން އަންނަ ތަނެކެވެ.

2 މަސް ކުރިން
4 މަސް ކުރިން

8 މަސް ކުރިން
-d1e42f7f.jpg)
11 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން