-8402fff9.png)

ޢަލީ އަލްވިން

މިންހެޔޮ ކެއުމެއް
މިންހެޔޮ ކެއުމެކޭ ބުނުމުން ބައެއް މީހުންނަށް އެއީ ކޯއްޗެއްކަން ފަހަރުގައި ފަހުމު ނުވެދާނެއެވެ. އެކަމަކު، މިއީ ކޮންމެ މީހަކަށްމެ އެނގިފައި އޮތުން މުހިންމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. މިންހެޔޮ ކެއުން ނުވަތަ ބެލެންސްޑް ޑައިޓް އަކީ އަހަރެމެންގެ ކެއުމުގައި ކޮންމެ ދުވަހަކު ހިމަނަންޖެހޭ ބައިތަކުން (ކާބޯހައިޓްރޭޓް، ޕްރޮޓީން، ވިޓަމިން/މިނަރަލްސް،) ފުރިހަމަވާ ކެއުމެއް ބޭނުންކުރުމެވެ. މިއީ އިންސާނާ ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި ހަށިގަނޑަށް ކޮންމެ ދުވަހަކު ލިބެޖެހޭ ބައިތަށް (ނިއުޓްރިއެންޓްސް) ލިއްބައިދިނުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.
އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތަށާއި، ބަލިތަކުން ދިފާޢުވުމަށް އަދި ހެލިފެލިވެ އުޅުމަށް މިންހެޔޮ ކެއުމެއްގެ ތެރެއިން ދުވާލެއްގެ މައްޗަށް އިންސާނެއްގެ ހަށިގަނޑަށް ލިބެންޖެހޭ ކެލޮރީސްގެ ބައިތަށް ލިއްބައިދެއެވެ. އެގޮތުން އިންސާނަކަށް އާދައިގެމަތިން ދުވާލެއްގެ މައްޗަށް 2000 ކިލޯ ކެލޮރީސް ލިބެންޖެހޭ ކަމަށް ސިއްޙީ މާޙިރުން ވިދާޅުވެއެވެ. ނަމަވެސް މީހާގެ، އުމުރާއި، ޖިންސްގެ ގޮތުން އަދި ހެލިފެލި ވުމުގެ އާދަ ހުންނަގޮތެއްގެ މައްޗަށް ބިނާކޮށް މި އަދަދު ތަފާތުވެއެވެ.
މި ލިޔުމުގައި އަލިއަޅުވާލާނީ މިންހެޔޮ ކެއުމެއްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތަކުގެ މައްޗަށެވެ. އަދި މި ބައިތަށް ބޭނުންކޮށްގެނެ އަޅުގަނޑުމެންގެ ދިވެހި މާކެޓް ތަކުން ފަސޭހައި ލިބެންހުންނަ ތަކެތިން މިންހެޔޮ ކެއުމެއް ތައްޔާރުކޮށްލެވިދާނެއެވެ.
އެގޮތުން އެއް އިރުގެ ކެއުމުގައި ބޭނުންކުރާ ތައްޓެއްގެ މަތީގައި ދެނެނެވުނު ހުރިހައި ބައިތަކެއް ހިމެނުމަކީ މުހިންމު ކަމެކެވެ. އެގޮތުން އާދައިގެ ބަތްކާތައްޓެއްގައި މިބައިތައް ހުންނަންޖެހޭ މިންގަޑުތަކަށް ބަލާލަމާހެއްޔެވެ.
އާދައިގެ ބަތްކާ ތައްޓެއްގެ 2/1 ގައި ހުންނަންޖެހޭ ބައިތަކަކީ ތަރުކާރީގެ ބާވަތްތަކާއި،ފެހިކަން ގަދަ ފަތް އަދި މޭވާގެ ބާވަތްތަކެވެ. އެގޮތުން އަޅުގަނޑުމެންގެ މާކެޓްތަކުން އެންމެ އާންމުކޮށް ލިބެން ހުންނަ ތަކެތީގެ ތެރެއިން ކެރެޓު، ކިއުކަމްބާ، ޓޮމާޓޯ، ތޮޅީގެ ބާވަތްތަށް، މުރަނގަފަތް، ކޮޕީފަތް، އޮރެންޖު، އާފަލު، ދޮންކެޔޮ ފަދަ ހަށިގަނޑަށް ފައިދާހުރި ބާވަތްތަށް މިބައިގައި ހިމެނިދާނެއެވެ. މިއީ ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންސް އާއި މިނަރަލްތަށް ލިއްބައިދޭ މުހިންމު ބައެއް ކާނާތަކެވެ.
ތަށީގެ 4/1 ބައިގައި ހިމަނަންޖެހޭ ބާވަތަކީ ގޮދަނުގެ ބާވަތްތަކާއި ފަލަމަޑީގެ ބާވަތްތަކެވެ. އޭގެތެރޭގައި ގޮދަން، ސީރިއަލް، ޒުވާރި، ޕާން، ކައްޓަލަ ފަދަ ހަށިގަނޑަށް ބޭނުންވާނެ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ ކާނާގެ ބައިތަށް މިބައިގައި ހިމެނިދާނެއެވެ. މިބައިތަކުގެ ސަބަބުން ހަށިގަނޑަށް ބާރު (އެނަރޖީ) ލިއްބައިދިނުމަށާއި ހެލިފެލިވެ އުޅުމަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދެއެވެ.
އަނެއް 4/1 ގައި ހުންނަންޖެހޭ ބަޔަކީ ރަތްކަންގަދަ މަހުގެ ބާވަތްތަކެވެ. ނުވަތަ އެތަކެތީގެ ޒަރީޢާއިން ލިބޭ ބާވަތްތަކާއި ބަދަނުގެ ބާވަތްތަކެވެ. އެގޮތުން ގެރި މަސް. ކަންނެލި، ބިސް، އާމަންޑް، ކެޝޫނަޓް، ޕީނަޓް ފަދަ ކާނާ މިބައިގެތެރޭގައި ހިމެނިދާނެއެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ހެދި ބޮޑުވުމަށާއި މަސްތައް އުފެދި ބޮޑެތިވުމަށް އެހީތެރިވެދޭ މުހިންމު ކާނާގެ ބާވަތްތަކެވެ.
ކޮންމެ އިރެއްގެ ކެއުމުގައި މިންހެޔޮ ކެއުމެއް ހިމެނުމަށް ސަމާލުކަން ދިނުމަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކުރުވާނޭކަމެކެވެ. އަދި އެކި އެކި ބަލިތަކުން ދިފާޢުވުމަށް ބާރުލިއްބައިދޭނެ ކަމެކެވެ. އެހެންކަމުން އަހަރުމެންގެ ކޮންމެ ދުވަހެއްގެ ކެއުމަކީ މިންހެޔޮ ކެއުމެއް ކަމަށް ހެދުމުގެ އާދަ ދެމެހެއްޓުމަކީ މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ.
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން