-8402fff9.png)

އާ ކޯސްތައް ތައާރަފްކުުރުމަށް އެމްއެންޔޫއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސިއްހީ ތައުލީމު ހަރުދަނާކުރުމަށް އެ ޔުނިވާސިޓީގެ ހެލްތު ސައިންސް ފެކަލްޓީއިން އަލަށް ތިން ކޯހެއް ތައާރަފްކޮށްފި އެވެ.
އެމްއެންޔޫއިން އަލަށް ތައާރަފްކޮށްފައިވަނީ އަންޑަގްރެޖުއޭޓު ނުވަތަ ޑިގްރީ ފެންވަރުގެ ތިން ކޯހެވެ.
މި ތިން ކޯހަކީ
· ބެޗެލަރ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް (3 އަހަރު)
· ބެޗެލަރ އޮފް ސައިންސް އިން ސްޕީޗް ލެންގުއޭޖް ޕެތޮލޮޖީ (އޮނާޒް) (4 އަހަރު)
· ބެޗެލަރ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާޒް) (4 އަހަރު)
މި ތިން ކޯސް ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ތައާރަފް ކުރުމަކީ ރާއްޖޭގައި މަތީ ތައުލީމާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން އިތުރުކޮށް ސިއްހީ ދާއިރާއަށް އިތުރު ތަރައްގީ ގެނެސްދޭނެ ކަމެއްކަމަށް އެމްއެންޔޫ އިން ދެކެ އެވެ.
މިއީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް އެމްއެންޔޫ އިން ދެކެ އެވެ.
މި ތިން ކޯސް ތައާރަފްކުރުމަށް އެމްއެންޔޫއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ޑިމާންޑް ބޮޑެތި ދާއިރާތައް ނުވަތަ ކަމުގެ ހާއްސަ ތަޖުރިބާކާރުން މަދު ދާއިރާތަކުގެ ކޯސްތައް ތައާރަފް ކުރުމަކީ ޖުމްލަ ގޮތެއްގައި ރާއްޖޭގެ މުޅި ސިއްހީ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ދެކިލައްވާ ކަމަށެވެ.
މި ތިން ޕްރޮގްރާމަކީ ވެސް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ތިން ކޯސް ކަމަށްވުމުން ކޯސް ނިންމާ ދަރިވަރުންނަށް ރާއްޖޭގައި މި ދާއިރާތަކުން މަސައްކަތް ކުރުމުގެ ލައިސެންސް ލިބިގެންދާނެ އެވެ.
މި ތިން ކޯހަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
އެމްއެންޔޫއިން އަންނަނީ މެރިޓައިމް ސްޓަޑީޒް، ސޯޝަލް ސައިންސް، އިންޖިނިއަރިން، ޝަރުއީ ދާއިރާ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް އަދި ޕީއެޗްޑީ ޕްރޮގްރާމްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން