-8402fff9.png)
އައިޝަތު ހިދާޔާ

ހިމަބިހި ކޮންޓްރޯލް ކުރުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ -- ފޮޓޯ/ ގެޓީ އިމޭޖަސް
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް, މީސަލްސް އެންޑް ރުބެއްލާ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދި ފަށައިފިއެވެ.
އެ އެޖެންސީން ބުނީ, މި ޕްރޮގްރާމުގެ ދަށުން ވެކްސިން ދޭނީ ފިޔަވަހިތަކަކަށް ބަހައިލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ވެކްސިން ދޭން ހަމަޖެހިފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ.
މާލޭ ސަރަހައްދުން ވެސްކިން ދިނުމަށް ހަމަޖެހިފައިވާ ތަންތަނަކީ:
އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ވެކްސިން ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ދިނުމުގެ ދެވަނަ ޓާގެޓް ގްރޫޕަކީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ. މި ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށް އެޗްޕީއޭއިން ބުންޏެވެ. މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ދަނީ ތައްޔާރުވަމުން ދާކަމަށް އެޗްޕީއޭއިން ބުންޏެވެ.
އިއްޔެ އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން, ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު ދެ ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ހިމެބިހި ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު ވަނީ 22އަށް އަރާފައެވެ. ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ފާހަގަކޮށްފައި ވެއެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންކަން ވެސް ފާހަގަކޮށްފައި ވެއެވެ.
އެޗްޕީއޭއިން ބުނީ, މިހާތަނަށް މި ބަލީގައި ޖުމްލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ ތެރެއިން އެކްޓިވް 173 ކޮންޓްކްޓުން މޮނިޓާ ކުރަމުން ދާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން