-8402fff9.png)

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ސެންޓާ ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްއަށް ޑީނުން އައްޔަންކޮށްފިއެވެ.
ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީނަކަށް މިއަދު އައްޔަންކުރީ ދީނީ އިލްމުވެރިޔާ ޑރ. އަބުދުއްސައްތާރު އަބްދުއްރަޙްމާނެވެ. އަދި، ސެންޓަ ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްގެ ޑީނަކަށް އައްޔަންކޮށްފައިވަނީ ރޯޒާ އިބްރާހީމެވެ.
ޑރ. ސައްތާރަކީ 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޔުނިވާސިޓީގައި ޚިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް އޭނާ ގެންދަވަނީ ދީނީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންނެވެ. ބޭނުންތެރި މުހިންމު ދީނީ ފޮތްތަކެއް އޭނާ ލިޔުއްވާފައިވެއެވެ.
ރޯޒާ އެންމެ ފުރަތަމަ ގައުމީ ޔުނިވާސިޓީއާ ގުޅުނީ 2005 ވަނަ އަހަރު ސެންޓާ ފޯ އޯޕަން ލާނިން، މިހާރުގެ ނަމުން ނަމަ ސެންޓާ ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްއަށެވެ. 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭނާ ހުންނެވީ އެ ސެންޓަރުގެ އެކްޓިން ޑީންގެ މަގާމުގައެވެ.

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން