-8402fff9.png)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ބައިވެރިވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީން ބުނީ މި އެކްސްޕޯގައި ބައިވެރިވަނީ ޔުނިވާސިޓީން ފޯރުކޮށްދޭ ތަޢުލީމީ ފުރުޞަތުތައް ދައްކާލުމަށާއި، ދަރިވަރުންނާއި ބެލެނިވެރިން އަދި އާންމު ރައްޔިތުންނަށް ޔުނިވާސިޓީގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ މަގުސަދަކީ މަތީ ތައުލީމުގެ ފުރުސަތުތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމެވެ.
މި އެކްސްޕޯގައި ހުރި އެމްއެންޔޫގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް ޔުނިވާސިޓީގެ އެކި ދާއިރާތަކުގެ ކޯސްތަކާ ބެހޭ މައުލޫމާތު ލިބޭނެއެވެ. މީގެ އިތުރުންވެސް ތަފާތު ހަރަކާތްތަކެއް އެމްއެންޔޫގެ ސްޓޯލުގައި ކުރިއަށްގެންދެެއެވެ.
އެކްސްޕޯގެ ބައިވެރިންނަށް މާލީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ ލީފްލެޓާއި މައުލޫމާތު ކަރުދާސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތަކުން ހޮވޭ މީހުންނަށް ހާއްސަ އިނާމުތަކެއްވެސް ލިބިގެންދާނެއެވެ.
ފައިނޭންޝަލް އެކްސްޕޯގައި ގައުމީ ޔުނިވާސިޓީން ބައިވެރިވުމަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން، ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކޮށް، މުސްތަގުބަލުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި މައުލޫމާތު ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން، އެކަށީގެންވާ ވަޒީފާއާއި އިގުތިސާދީ ކުރިއެރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްވެސް މި ހަރަކާތުގެ ސަބަބުން މަގުފަހިވާނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ތައުލީމު ކުރިއެރުވުމަށާއި، ގައުމީ ފެންވަރުގައި ހިންގޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން މުޖުތަމައު ހޭލުންތެރިކުރުވުމަށް އިސްކަންދޭ މުއައްސަސާއެކެވެ.
މަތީ ތައުލީމަށް ޝައުގުވެރިވާ ދަރިވަރުންނާއި، ބެލެނިވެރިން އަދި އާންމު ރައްޔިތުން އެމް.އެން.ޔޫގެ ސްޓޯލަށް ޒިޔާރަތްކުކޮށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހޯދުމަކީ އެ ޔުނިވާސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

4 މަސް ކުރިން

5 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން