-8402fff9.png)
މިރާޝް މޫސާ

އެމްއެންޔޫއާއި އުނގޫފާރު ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކުރުން
މަތީ ތަޢުލީމުގެ ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އައުޓްރީޗް ސެންޓަރެއް ރ. އުނގޫފާރުގައި ގާއިމުކުރުމަށްޓަކައި، ބޭނުންވާ ބިން އެމްއެންޔޫއަށް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާއިފިއެވެ.
މި އެއްބަސްވުމުގައި ރ. އުނގޫފާރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް، ޢަބްދުﷲ ރަޟީދުއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފަތުރާ ފުޅާކޮށް، ރައްޔިތުންނާ ހަމައަށް މަތީ ތަޢުލީމު ގެންދިޔުމަށް ކުރެވޭ މަސައްކަތަށް ނުހަނު މުހިންމު އެއްބަސްވުމެއް ކަމަށް ވައިސް ޗާންސެލަރު ވިދާޅުވިއެވެ.
ޑރ. ޝެހެނާޒް ވިދާޅުވީ، މި މަޝްރޫޢު ހަމައެކަނި އިމާރާތެއް ނޫން ކަމަށާއި، މިއީ މުސްތަޤްބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް ކަމަށެވެ.
އުނގޫފާރުގައި ގާއިމުކުރެވޭ އައުޓްރީޗް ކެމްޕަސްއާ އެކު، ޔުނިވާސިޓީގެ އެކި ކޯސްތައް އެޔަނުގައި ހިންގައި، ދަރިވަރުންނަށް އަމަލީ ތަޖުރިބާތައް ލިބި، އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ.
އުނގޫފާރު ކައުންސިލުގެ ރައީސް ވަނީ މި މަޝްރޫއުު ހަގީގަތަކަށް ހެދުމަށްޓަކައި އެމްއެންޔޫގެ ފަރާތުން ކުރި މަސައްކަތާއި، ދިން އެއްބާރުލުން ފާހަގަކުރައްވާ ޝުކުުރު އަދާކުރައްވާފައެވެ.

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން