-8402fff9.png)
ސައިފުﷲ އަލީ

ރަށުގައި ހުރެގެން ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށް، ދ. ކުޑަހުވަދޫގެ ތާރީޚުން ޖާގަ ހޯދި ފުރަތަމަ ދަރިވަރު އަލްޙާފިޒު އަނަސް ބުން މުޢާޒަށް ރަށުން މިއަދު ކުލަގަދަ މަރުޙަބާއެއް ކިޔައިފިއެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފްޒު ކޮމެޓީއަށް ކިޔައިދީ، އެއްވަނަ ދަރަޖައިގެ ފާހަކާއެކު ސަނަދު ޙާޞިލުކުރި އަނަސްއަކީ ދ. އަތޮޅު ތަޢުލީމީ މަރުކަޒުން މި ޝަރަފުވެރި ލަޤަބު ހޯދި ފުރަތަމަ ދަރިވަރުވެސް މެއެވެ. އަނަސް ފާހަގަކުރެވިފައިވަނީ މައިންބަފައިންނަށް ކިޔަމަންތެރި، ބުރަ މަސައްކަތާއި ސާބިތު ޢަޒުމާއެކު ނަތީޖާ ނެރެދެއްކި ނަމޫނާ ދަރިވަރެއްގެ ގޮތުގައެވެ.
މި މަތިވެރި ޝަރަފާއެކު އަނަސް މިއަދު ފަތިހުގެ ފްލައިޓުން ރަށަށް އެނބުރި އައުމުން، އޭނާއަށް އިސްތިޤުބާލު ކުރުމަށްޓަކައި އެއަރޕޯޓަށް ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ތަޢުލީމީ ދާއިރާގެ އިސްވެރިން އެއްވިއެވެ. މުޅި ރަށަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި މި ކާމިޔާބީ ފާހަގަކޮށް، އެއްވި އެންމެން ދިޔައީ އުފަލާއެކު އަނަސްއަށް ހިތްވަރުދީ ތަހުނިޔާ ކިޔަމުންނެވެ.
މި މުނާސަބަތުގައި ބޭއްވި ޙަފުލާގައި، ޔުނައިޓެޑް އައިލެންޑް ސޮސައިޓީ (ޔޫއައިއެސް) ގެ ރައީސް އިސްމާޢީލް ޢާދިލް ވަނީ ޤުރްއާން ހިތުދަސްކުރާ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް އިޢުލާނު ކުރައްވާފައެވެ. އެގޮތުން، ކުޑަހުވަދޫގައި ތިބެގެން ޙިފްޡުކުރާ ކޮންމެ ކުއްޖަކަށް އެ ޖަމްޢިއްޔާއިން 10000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޙަފުލާ އިންތިޒާމުކުރި "ޙަލަޤާ އިންސްޓިޓިއުޓް" އިން ވަނީ އަނަސްގެ މި ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އިވެންޓް ފުރިހަމަކަމާއެކު ބޭއްވުމުގައި ކައުންސިލާއި، އަތޮޅު ތަޢުލީމީ މަރުކަޒާއި، ޔޫއައިއެސް އަދި ރަށުގެ އަމިއްލަ ފަރާތްތަކުން ވެދިން އެއްބާރުލުން އެ އިންސްޓިޓިއުޓުން ފާހަގަކުރިއެވެ.

8 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން