-8402fff9.png)
ފާތިމަތު މިޝްކާ

އާސަންދައިގެ ޚިދުމަތްދޭ ތަނެއް -- ފޮޓޯ: އަވަސް
ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.
އާސަންދަ ރިފޯމްކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ވަނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭގޮތަށް ހަމަޖައްސާފައެވެ.
އެއިރު ހަމަޖެއްސީ ޕްރައިވެޓް އިންޝުއަރެންސް އޮތަސް އާސަންދަ ލިބޭނީ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ އިންޝުއަރަންސުން އެ ޚިދުމަތެއް ކަވަރު ނުކުރާނަމަ އެކަނި ކަމަށެވެ.
ރާއްޖޭގެ ހޮސްޕިޓަލެއްގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ އާސަންދަ ކުންފުނިން ހޮސްޕިޓަލްތަކާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު ނިންމުން ބަދަލުކޮށް، ކުރިން އަމަލުކުރަމުން އައި އުސޫލަށް ރުޖޫއަވާން ނިންމާފައިވާކަން މިހާރު އަންގާފައިވާ ކަމަށެވެ.
އާސަންދައިގެ ނިންމުމާ އެއްގޮތަށް އިއްޔެއިން ފެށިގެން ހޮސްޕިޓަލްތަކުން ވަނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިގެ ޚިދުމަތްދޭން ފަށާފައެވެ.
މިކަމާ ގުޅިގެން އާސަންދައިގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

2 މަސް ކުރިން
4 މަސް ކުރިން
-ab0df1c3.png)
4 މަސް ކުރިން

8 މަސް ކުރިން
-d1e42f7f.jpg)
11 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން