-8402fff9.png)

އަޙްމަދު ޝާބިން

އައްޑޫ ސިޓީ ހިތަދޫގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ އޮފީހެއް ހުޅުވައިފިއެވެ. މިއަދު އޮފީސް ހުޅުވައިދެއްވީ، އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމްއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިތަދޫގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ މި ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިއެވެ.
ހީނާ ވަނީ މިއީ ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އަދި ދައުލަތުން އެހީ ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެންސްޕާ އަދި އާސަންދައިގެ ހިދުމަތްތަކަކީ ޑިޖިޓަލައިޒް ކުރެވިފަވާ ހިދުމަތްތަކަށް ވީނަމަވެސް ބޮޑެތި ސިޓީތަކުގައި އޮފީސްތައް ހުރެ މުވައްޒަފުން ހަރަކާތްތެރިވުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފައެވެ.
އެންސްޕާ އަދި އާސަންދައިގެ ހިދުމަތް ފުޅާކޮށް އިތުރަށް ތަރައްގީކޮށް ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހު ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތް ކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.

2 މަސް ކުރިން
4 މަސް ކުރިން
-ab0df1c3.png)
4 މަސް ކުރިން

5 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން
-d1e42f7f.jpg)
11 މަސް ކުރިން

11 މަސް ކުރިން