-8402fff9.png)

އާސަންދައިގެ އޮފީހުން މީހަކު ޚިދުމަތް ހޯދަނީ
އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާދޭ ތަންތަނަށް ދައްކަންޖެހޭ ބިލްތައް ޖެނުއަރީގެ ނިޔަލަށް ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.
މިކަމުގެ އިތުރުން އެހެނިހެން ކަންތައްތައް ވެސް ކުރުމަށް އެންސްޕާއިން ވަނީ ނިންމާފައެވެ. އެގޮތުން ރަޖިސްޓްރީ ވެފައިވާ އޮޕްޓޮމެތްރިސްޓުން ޕްރިސްކްރައިބް ކުރާ އައިނުތަކަށް އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ލިބޭގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން މިކަން ތަންފީޒުކުރުމަށްޓަކައި 15 ޖަނަވަރީ 2026 އިން ފެށިގެން އެފަދަ ތަންތަަނުން އާސަންދައިގެ ހިދުމަތް ދިނުމަގެ މަސައްކަތް ކުރުމަށް ފެށޭނެކަމަށް އެ އެޖެންސީއިން ބުނެފިއެވެ.
ހަމައެހެންމެ އާސަންދައިގެ ދަށުން އެމްޕެނަލްވުމަށް އެދިފައިވާ ކްލިނިކްތަކަށް އެ ފުރުސަތު އަންނަ އަހަރު ޖެނުއަރީ 31 ގެ ކުރިން ދެވޭނެއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިޒު ރައްޔިތުންނާއި ބައްދަލުކުރެވުމަށް ބޭއްވި ފޯރަމްތަކުގައި ރައްޔިތުން ހުށަހެޅި ޝަކުވާތަކުގެ ހައްލެއް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ނިންމި ކަންތައް ކަަމަށް އެ އެޖެންސީއިން ބުންޏެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-ab0df1c3.png)
4 މަސް ކުރިން