-8402fff9.png)
މިރާޝް މޫސާ

އައިނު ހައްދަން އާސަންދައިން ދޭ ފައިސާ އަންނަ ޖޫން މަހުން ފެށިގެން 2،000 ރުފިޔާ އަށް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެކަން އިއުލާން ކުރައްވާފައެވެ.
މިހާރު އައިނު ހައްދަން އާސަންދައިގެ ގޮތުގައި ދެ އަހަރުންް އެއް އަހަރު ލިބެނީ 1000 ރުފިޔާއެވެ. އެ އަދަދު ބޮޑުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ރައްކާކުރެވޭ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚަރަދުތައް ކޮށްދޭނެ ކަމަށެވެ.
"ޖޫން އެކަކުން ފެށިގެން އައިނު ހައްދަންދޭ 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ. އެއީ މިގޮތަށް ސޭވްކުރާ ސޭވްކުރުމުން ރައްޔިތުންނަށް ކޮށްދޭ ކަމެއް. އެކަމުގެ އިތުރުން ވެސް ކުރަން ހުރިކަންކަން ކޮށްދެމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ގައުމުގެ ތަރައްގީއަށް ކަމެއްކޮށް ދިނުމުގެ ހަގީގީ މަންފާ ހާސިލްވާނީ، ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށެވެ. މި ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް އެމަނިކުފަނު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން