-8402fff9.png)
މިރާޝް މޫސާ

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް, 20 އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓް އަމުރުގައިވާގޮތުން ރިޝްމާހް އަކީ މާޗް 16 ވަނަ ދުވަހުގެ ރޭ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ތިބި ސައިކަލު ދުއްވި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.
އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ. އޭނާ ހައްޔަރުކުރީ މާޗް 27 ވަނަ ދުވަހުއެވެ. މަންދީ ގަޔަށް ކަޅުތެޔޮޖެހި ކަމަށް ރިޝްމާހް އިންކާރުކޮށްފައެއްނުވެއެވެ. އަދި އޭނާ ދުއްވި ސައިކަލްގެ ފަހަތުގައި އިން މީހާގެ މައުލޫމާތު ފުލުހުންނަށް ކިޔައިދީފައިވާ ކަމަށް ވެސް ކޯޓް އަމުރުގައިވެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަގެ ގަޔަށް ގަޅުތެޔޮ ޖެހީ ޗާނދަނީމަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއިން ނުކުމެގެން ދަނިކޮށެވެ.
މަންޒަރު ދުށް ބައެއް މީހުން "ނުކުތާ"އަށް ކިޔައިދިންގޮތުގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކަމަށެވެ.
"ކަޅުތެޔޮ އަޅާފައިވާ ޕްލާސްޓިކް ފުޅިއެއް މަންދީއާ ދިމާލަށް އެއްލާލީ،" އޭނާ ކިޔައިދިނެވެ.
އޭނާ ކިޔައިދިންގޮތުގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުމަށްޓަކައި އެ މީހުން ގިނައިރުތަކެއްވަންދެން ފާރައަށް ތިބި ކަމަށް ބެލެވެއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން