-8402fff9.png)

މަރްޔަމް މާޙީ

މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ސުވާލުތަކަށް އަވަހަށް ޖަވާބު ދިނުމަށް ޓަކައި ތައްޔާރުކުރާ ހާއްސަ ޕޯޓަލް އޮކްޓޫބަރުމަހު ބޭނުންކުރަން ފަށާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަރިވަރުން ފޮނުވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބު ދިނުން ލަސްވުމާ ގުޅިގެން ހިތަދޫ ދެކުުނު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްތަރު ހައިދަރު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުންް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ކޮންމެ ދުވަހަކު ލިބޭ ކަމަށެވެ.
ނަމަވެސް އެ ސުވާލުތަކަށް ގިނަ ވެގެން ހަތް ދުވަސްތެރޭ ޖަވާބު ދެއްވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ތިން ދުވަސް ތެރޭގައި ދަރިވަރުންގެ ސިޓީއާއި އީމެއިލްތަކަށް ޖަވާބު ދިނުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ސްޓޫޑަންޓު ލޯނު ސްކީމަށް ހޮވޭ ދަރިވަރުން ފައިސާއަށް އެދި ފޯމް ހުށައަޅަން ހަމަޖެހިފައިވާތީ އެ ދުވަސްވަރަށް މަސައްކަތް އިތުރުވާތީ އެކަމަށް ވެސް ހާއްސަ ފިޔަވަޅު ތަކެއް އަޅާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން އިތުރު އިންޓާނުން ނަގައި, ކޯލް ސެންޓަރެއް ވެސް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

7 މަސް ކުރިން

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން