-8402fff9.png)

ޢާލިމް އަބްދުއްލަތީފް

އޭނާއަށްވުރެ ހައްގުވެރި އެތައް ބަޔަކު ތިބުމުން ފްލެޓް ދޫކޮށްލަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ނިންމަވައިފިއެވެ.
މިނިސްޓަރު ހައިދަރާއި އަނބިކަނބަލުން މަރިޔަމް ތައުފީގާއަށް ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތިން ކޮޓަރީގެ ފްލެޓެއް ލިބިފައެވެ. ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބުނީ 75 ޕޮއިންޓް ލިބިގެންނެވެ.
ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގާ އަށް ވުރެ ބޮޑަށް އެ ސްކީމުން ފްލެޓު ހައްގުވާ އެތައް އާއިލާއެއް ތިބޭނެ ކަަމަށެވެ.
"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" ހައިދަރުގެ ބަޔާނުގައިވެއެވެ.
މިނިސްޓަރު ހައިދަރު ފްލެޓް ދޫކޮށްލައްވާފައި މިވަނީ އޭނާ އަކީ ފްލެޓް ހައްގުވާ ބޭފުޅެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށެވެ.
އޭސީސީން ބެލި މައްސަލައަކާ ގުޅިގެން އެ ލިސްޓު އިވެލުއޭޓުކުރުމުގެ މަސައްކަތް އަލުން ނިންމުމަށް ފަހު، މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވިގޮތުން، އެންމެ ފުރަތަމަ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3,721 މީހުން ހިމެނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1,218 މީހުންގެ ލިސްޓެއް އެކުލަވާލެވުނެވެ. މިއާއެކު، ޖުމްލަ 4,939 ފަރާތެއްގެ ވެރިފިކޭޝަން ކުރިއަށް ގެންދެވުނެވެ.
ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1,423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހަކު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިއަދު އާންމުކުރި ލިސްޓުގައި ޖުމްލަ 1,820 ފަރާތަކަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާކަން މިނިސްޓަރު ޕްރެސް ކޮންފަރެންސްގައި ފާހަގަކުރެއްވިއެވެ.

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން

11 މަސް ކުރިން
11 މަސް ކުރިން

11 މަސް ކުރިން
-126620eb.jpeg)
ގާތްގަނޑަކަށް 1 އަހަރު ކުރިން