-8402fff9.png)

މަރްޔަމް މާޙީ

ނ. ކެނދިކުޅުދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ ބިންގާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޅުއްވައިދެއްވައިފިއެވެ.
މި އިމާރާތުގެ މަސައަކަތް 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާރޓްނާޝިޕް އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ވަނީ ހަވާލުކޮށްފައެވެ.
މިއީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަކޮށް ހުޅުވާ ކޮލެޖެކެވެ. އަދި އެކި ދާއިރާތަކުގެ ވޮކޭޝަނަލް ކޯސްތައް ވެސް މިކޮލެޖްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ހަ ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއް ހިމެނޭ މި އިމާތާރުގައި އިދާރީ ކަންކަމަށް ހާއްސަ އޭރިއާއަކާއި, މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތައްވެސް ހިމެނިފައިވެއެވެ.
މި ކޮލެޖު ތަރައްގީކުރުމަށް ޓަކައި ކެނދިކުޅުދޫން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފައެވެ.

7 މަސް ކުރިން

9 މަސް ކުރިން
-f8b94b6d.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން