-8402fff9.png)

ޢާލިމް އަބްދުއްލަތީފް

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހިންގަމުންދާ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލަށް ފުލުހުން ކުރިން ކުރި ބައެއް ތުހުމަތުތައް މިހާރު ނުކުރާކަން އެނގިއްޖެއެވެ.
މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައުދުގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފައެވެ.
ފުލުހުން މީގެކުރިން ވަނީ ގާނޫނުލް އުގޫބާތުގެ 133 ވަނަ މާއްދާގެ ދަށުން ޖިންސީ ބޭނުން ހިފި ކަމުގެ ތުހުމަތު އޭނާއަށް ކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި އޭނާއަށް ކުރާ ތުހުމަތުތައް ފުލުހުން އިއްވިއިރު، އެ ތުހުމަތެއް ނެތެވެ.
ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ދަށުން ފަރުވާލެއް ނެތި މީހަކު ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ދެއްކުމުގެ ތުހުމަތު ވެސް ފުލުހުން މީގެކުރިން އޭނާއަށް ކުރިއެވެ. ނަމަވެސް މިއަދުގެ މުއްދަތު މަޖިލީހުގައި އެ ތުހުމަތުކޮށްފައެއްނުވެއެވެ.
ފުލުހުން އާންމުކޮށް ތުހުމަތުތައް ކުރަނީ މައްސަލައިގެ ކަންހިނގި ގޮތް ކަމަށް އެވަގުތަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށެވެ. އަދި ފަހުން ތަހުގީގަށް ލިބޭ މައުލޫމާތުތަކުގެ އަލީގައި އިތުރަށް ކަންކަން ކަށަވަރުވާ ވަރަކަށް ކުރެވޭ ތުހުމަތުތައް އުނިކުރުންފަދަ ކަންކަމަކީ އާ ކަމެއް ނޫނެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ފުޓޭޖުތައް ވެސް އާންމުކޮށް ދައްކާފައެވެ. އެ ފުޓޭޖުން ރައުދާއި، ހާދިސާގައި އަނިޔާވި މީހާ ހ. ފެންޓެނޯއީ ގެއަށް ވަންނަ މަންޒަރު ފެނެއެވެ. އަދި އެގޭގެ ސިޑިގޮޅީގައި ދެ މީހުން އުޅޭތަނާއި، ފަހުން ރައުދު އޭނާ ގެއްލިގެން ހޯދާތަން ވެސް ފެނެއެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ މި މަންޒަރުތައް ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކާލާފައެވެ.
ފުލުހުން ބުނީ ހާދިސާ ހިނގިރޭ، ރައުދުއާއި، އަންހެން މީހާއާއެކު، އިތުރު ހަ މީހަކު 00:00ގައި މާންދޫގޭ ދެކުނުބަޔަށް ގޮސްފައިިވާ ކަމަށެވެ. އެއަށްފަހު އެތަނުން ހަތަރު މީހަކު އަމީނީމަގުގައި ހުރި ގެއަކަށް ދާކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މެންދަމު 04:00 ހާއިރު އަމީނީމަގުގައި ހުރި ގެއިން ނުކުމެ ހ. ފެންޓެނޯއީ ގެއަށް ރައުދުއާއި އަންހެން މީހާ ވަނުމަށް ފަހުއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން